މަރަދޫފޭދޫ ޒުވާނުންގެ މަރުކަޒު މަހުޖަނަކުގެ ޖީބުން ސަލާމަށްކޮށް ޒުވާނުންނަށް އަނބުރާ ހޯދުން
ސަރުކާރުގެ ޕްރަވަޓައިޒޭޝަން ޕޮލިސީގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ބައެއް ހިދުމަތްތްތައް ވިޔާފާރީގެ އުސޫލުން އަތްފޯރާފަށުގަ މިހާރަށްވުރެ ހިދުމަތުގެ ފެންވަރު ރަނގަޅަށް ދެއްވުމަށްޓަކައި ކުރިޔަށްގެންދަވާ ޕްރޮގުރާމުގެ ދަށުން 1 ޖުލައި 2010 ދެވަނަދުވަހު ޔޫތުމިންސްޓަރީއާއި މަރަދޫފޭދޫ ވިޔާފާރިވެރިޔެއްކަމށްވާ އަހްމަދު ފިރާގުގެ ނަމުގައި ހިންގާ ސިޓީބެންޑު ރެސްޓޯރަންޓާއި ހަވާލުކުރުމުގެ ވާހަކަ އިވުނުނު ހިސާބުންވެސް މިއަތޮޅުގެ ޒުވާނުންގެ ތެރެއިން މަރުކަޒުގެ ހިދުމަތް ގަވާއިދުން ހޯދަމުން އައި އެތައްބަޔަކުތިބީ މިކަމާ ނުރުހި ޝައްކެގެ މަތީގައެވެ، އެހެނީ ރަށުގަ ވިޔާފާރި ކުރާމީހަކަށް މަރުކަޒު ހަވާލުކުރުމުން މަރުކަޒުގެ ހިދުމަތް ދިނުމަށްވުރެ ތަނުގެބޭނުން ކޮށްގެން ތިމާގެވިޔާފާރި ކުރި އަރުވަން އިސަކަންދޭނެކަމަށް މި ޒުވާނުންތައް ދިޔައީ ބުންމުންނެވެ، ނަމަވެސް ސަރުކާރުން ކުރަށްވާ މިފަދަ ޕޮރޮގުރާމުތަކަށް ހުރަސްނާޅަ މިކަމަކީ ކާމިޔާބުކުރެވިދާނެ ކަމެއްކަމަށް ގަދަކަމުންނަމަވެސް ގަބޫލުކޮށްގެން އަތޮޅުގެ ޒުވާނުންތިބީ ފިރާގުއާޢި އެއްކޮށް މިކަންކުރވޭތޯ އެވެ. ނަމަވެސް ޒުވާނުންނަށް މަންފާ ހުރި ގޮތަކަށް މިކަން ނުކުރެވޭނެ ކަމުގެ ފެހި ސިގުނަލް ތަން ހަވާލު ކުރެވުނުތާ 24 ގަޑި އިރުނުވަނީސް މިއަތޮޅުގެ ޒުވާނުންނަށް ފިރާގުދިނީ ، ތަނުގައި ދެވެން ހުރި ހިދުމަތްތަކަށް އެއްވެސް ބަދަލެއް، ނުވަތަ އިތުރު ހިދުމަތެއް ނުދީ ، ވަގުތުން މަހު ފީދައްކައިގެންނޫނީ ތަނުގްއި އެއްވެސް ޒުވާނަކަށް ނުކުޅެވޭނެކަން އިއުލާންކުރަމުންނެވެ. އޭގެ ފަހުން މިއަދަށް ފިޜާގު އާއި މަރުކަޒުހަވާލު ކުރެވުނުތާ 3 މަސްވީއރު ތަނުގެ ހާލަތު ދައްވަމުންގޮސް މިހާރު ތަނުން އެއްވެސް ހިދުމަތެއް ނުލިބެޔޭ ދެންނެވިޔަސް ދޮގަކަށްނުވާނެއެވެ، ސަރުކާރުން މަރުކަޒުހިންގަން ދެއްވާ 32000 ބަޖެޓުން ކޮންމެމަހަކު 17000 ރުފިޔާ ޖީބައް ލައްވައިގެން ފިރާގު ހުންނަނީ ހަނމަޖެހިގެން އުފަލުގައެވެ، ޒުވާނުންތިބީ ކުޅިވަރު ލުޅެވޭނެ ގޮތެއްނެތިފައެވެ. ތިޔަޒުވާނުންންށް މަރުކަޒު އަލުން ފިރާގުއަތުން އަތުލާ ސަރުކާރުންހިންގަން،ނުވަތަ މިއަތޮޅުގެ ކޮންމވެސް ޖަމިއްޔާއަކުން ހިނަގަން ފެންނަނަމަ މިޕެޓިޝަނުގައި ސޮއިކޮށް މިކަމަށް ތާއީދުކުރެއްވުން އެދެން
DhekunuEdition Contact the author of the petition
Announcement from the administrator of this websiteWe have closed this petition and we have removed signatories' personal information.European Union's General Data Protection Regulation (GDPR) requires a legitimate reason for storing personal information and that the information be stored for the shortest time possible. |